ކުޅިވަރު

މުޅިން އަލަށް ބާއްވާ ނެޓްބޯޅަ ލީގު އަންގާރަ ދުވަހު ފަށަނީ

މުޅިން އަލަށް ބާއްވާ ނެޓްބޯޅަ ލީގު އަންގާރަ ދުވަހު ފަށަނީ

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޭޕްރީލު 2026، 08:36

06 އޭޕްރީލު 2026، 08:36

ނެޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެންއޭއެމް) އިންތިޒާމު ކުރާ ފުރަތަމަ ނެޓްބޯޅަ ލީގު އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 7އިން 11އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރުގެ މެޗު ޝެޑިއުލް ވަނީ މިހާރު އެންއޭއެމްއިން އިޢުލާންކޮށްފައެވެ.

މި މުބާރާތުގައި 6 ޓީމެއް ވާދަކުރާނެއެވެ. އެއީ ކްލަބް މެޓްރިކްސް، ކްލަބް ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ، ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ، އެން ސްޕޯޓްސްގެ އިތުރުން އެމްވީ ނެޓާރސްއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ރޭގަނޑާއި ހަވީރު އޮންނާނެއެވެ. އެގޮތުން ލީގު ފެށިގެން ދާނީ 7 ވަނަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސްއާއި އެން ސްޕޯޓްސް އެކަޑަމީ ވާދަކުރާ މެޗުންނެވެ. އެމެޗު އޮންނާނީ އެދުވަހުގެ ހަވީރު 04:45 ގައެވެ.

ނެޓްބޯލް އެސޯސިއޭޝަނުން ބުނެފައިވަނީ މިއީ ކުޅުންތެރިންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ފަށާ ލީގެކެވެ. އަދި މި ކުޅިވަރުގެ ތެރެއަށް އައު ކުދިން ވައްދާ، މި ކުޅިވަރަކީ މަޤްބޫލު ކުޅިވަރަކަށް ހެދުމަކީ އެ އެސޯސިއޭޝަނުގެ އަމާޒެއްކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450