ކުޅިވަރު

މެޑަލް ހޯދި ގައުމީ ކެރަމް ޓީމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މަރުޙަބާ ދަންނަވައިފި

މެޑަލް ހޯދި ގައުމީ ކެރަމް ޓީމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މަރުޙަބާ ދަންނަވައިފި

ކެރަމް ޤައުމީ ޓީމް އަދި ވުޒާރާގެ ބައެއް އިސްވެރިން ފޮޓޯ: ސަރުކާރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ނޮވެމްބަރު 2024، 02:24

21 ނޮވެމްބަރު 2024، 02:24

އެމެރިކާގެ ކެލިފޯނިއާގައި ފާއިތުވި ދުވަސްތަކުގައި ބޭއްވުނު 6 ވަނަ ކެރަމް ވޯލްޑް ކަޕުން މެޑަލް ހޯދައިގެން އައި ދިވެހިރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް މަރުޙަބާ ދަންނަވައިފިއެވެ.

18 ގައުމަކުން ބައިވެރިވި މި މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަންހެން ޓީމުން މުބާރާތުގެ ތިންވަނަ ހޯދީ މުބާރާތް ބޭއްވި ގައުމު އެމެރިކާ އަތުން 2-1 ގޭމުން މޮޅުވެގެންނެވެ. އަދި ފިރިހެން ޓީމުން ތިންވަނަ ހޯދީ ސިންގަޕޫރުގެ މައްޗަށް 2-1 އިން ކުރިނެރުމަށްފަހުއެވެ.

ރާއްޖެ އެނބުރި އައުމުން ގައުމީ ކެރަމް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލްގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދ ރައީސް މުޙައްމަދު އަބްދުއްސައްތާރު އާއި ޖެނެރަލް ސެކެޓްރީ ތަމޫހު އަހުމަދު ސައީދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކެރަމް ވޯލްޑް ކަޕުން މެޑަލް ހޯދުމަކީ ދިވެހި ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވިއެވެ. އަދި މި ކާމިޔާބީއަކީ ދިވެހި ކުޅުންތެރިންގެ ހުނަރާއި ހިތްވަރުގެ ނަތީޖާއެއްކަން ފާހަގަކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން