Ads by Farudhun

ޚަބަރު

16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު އިންޑިއާގެ މަނަވަރު "އައިއޯއެސް ސާގަރު" ރާއްޖެ އަތުވެއްޖެ

16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު އިންޑިއާގެ މަނަވަރު "އައިއޯއެސް ސާގަރު" ރާއްޖެ އަތުވެއްޖެ

16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު "އައިއޯއެސް ސާގަރު" ރާއްޖެ އައުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޭޕްރީލު 2026، 02:47

06 އޭޕްރީލު 2026، 02:47

 ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އިންޑިއާގެ ނޭވީން ކުރިއަށްގެންދާ ޚާއްސަ އިސްނެގުމެއްގެ ދަށުން، 16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު އިންޑިއާގެ މަނަވަރު "އައިއޯއެސް ސާގަރު" ރާއްޖެއަށް ބަނދަރުކޮށްފިއެވެ.

މި މަނަވަރު ރާއްޖެއަށް އައުމުން މަރުހަބާ ކިޔުމުގެ ގޮތުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަ ސުބްރަމާނިއަން ވަނީ މަނަވަރަށް ވަޑައިގެންފައެވެ. މި ދަތުރުގައި އިންޑިއާ ހިމެނޭހެން ޖުމްލަ 16 ގައުމަކުން 39 ބައިނަލްއަޤްވާމީ ކްރޫއިން ބައިވެރިވެއެވެ.

"އައިއޯއެސް ސާގަރު" އިނީޝިއޭޓިވްގެ ދަށުން މި ދަތުރުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި އިންޑިއާގެ އިތުރުން ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ، ސިންގަޕޫރު، ތައިލޭންޑް، ސީޝެލްސް، ކެންޔާ، މޮރިޝަސް، މޮޒަމްބީކް، ސައުތު އެފްރިކާ، ޓެންޒޭނިއާ އަދި ބަންގްލަދޭޝް ހިމެނެއެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ގުޅިގެން ބެލެހެއްޓުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން "އިންޑިއަން އޯޝަން ޝިޕް" ސާގަރު ކުރާ ދެވަނަ ދަތުރެވެ.



މި ޕްރޮގްރާމަކީ އެކުވެރި ގައުމުތަކުގެ އަސްކަރީ ސިފައިންނަށް އިންޑިއާގެ ނޭވީ މަނަވަރުތަކުގައި ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ. މީގެ ސަބަބުން ގައުމުތަކުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ބަދަހިވެ، ކަނޑުގެ ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިއާ ނޭވީން ބުނެއެވެ.

މި ދަތުރުގައި ބައިވެރިވާ އެކި ގައުމުތަކުގެ ސިފައިން ވަނީ އެފަރާތްތަކުގެ ތަޖުރިބާ ރާއްޖޭގެ މީޑިއާތަކާ ހިއްސާކޮށްފައެވެ. އެގޮތުން ބައެއް ސިފައިން ބުނެފައިވަނީ މިއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، ހާއްސަކޮށް މިފަދަ ހަރަކާތެއްގެ ތެރެއިން ރާއްޖެ އައުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ "ސާގަރު" (ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން ) ތަސައްވުރުގެ ދަށުންނާއި، ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް އެކުލަވާލާފައިވާ 'މަހާސާގަރު' ފްރޭމްވޯކްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫއު ފެށިގެން އައީ އިންޑިއާގެ ކޮޗިންގައި ހުންނަ ނޭވީ ތަމްރީނު މަރުކަޒުތަކުގައި ކުރިއަށްދިޔަ ފަންނީ ތަމްރީނުތަކުންނެވެ. އެ ތަމްރީނުތަކުގައި ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކާއި ސީމަންޝިޕްގެ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. މިހާރު ކުރިއަށްދާ މަރުހަލާއަކީ އިންޑިއާގެ ނޭވީ މަނަވަރެއްގައި އަމަލީގޮތުން ކަނޑުމަތީގެ ހަރަކާތްތަކުގައި ބައިވެރިވެ ދަތުރުކުރުމުގެ މަރުހަލާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450