Ads by Exprox

ޚަބަރު

އިމިގްރޭޝަނަށް ފިލަން ކުޅުދުފުށްޓަށް ދިޔަ ބިދޭސީން ތަކެއް ހޯދައިފި!

އިމިގްރޭޝަނަށް ފިލަން ކުޅުދުފުށްޓަށް ދިޔަ ބިދޭސީން ތަކެއް ހޯދައިފި!

އިމިގްރޭޝަންގެ އޮފިސަރުން ކުޅުދުފުށީ ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވަނީ. ފޮޓޯ:އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2024، 03:59

02 ސެޕްޓެމްބަރު 2024، 03:59

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަނަށް ފިލަން މާލެ ދޫކޮށް ހދ. ކުޅުދުފުށްޓަށް ދިޔަ ބިދޭސީން ތަކެއް އެރަށުން ހޯދައިފިއެވެ. 

އެގޮތުން، ކުޅުދުފުށިން ހޯދައިފައިވަނީ 9 ބިދޭސީއެކެވެ. 

އިމިގްރޭޝަނުން މިކަމާ ގުޅިގެން ބުނީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާކަމަށާއި، އެގޮތުން އިއްޔެ ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ތެރެއިން މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދާ އެ 9 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭޙަތްދީފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، އެންގުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެކަމަށެވެ.



ނުޤަވާޢިދުން އުޅޭ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަޙީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޤަވާޢިދާއި ޚިލާފަށް ހިންގާ އެތައް ވިޔަފާރިއެއް ބަންދުކޮށް، ނުޤަވާޢިދުން އުޅެމުންދިޔަ އެތައް ބިދޭސީން ހަމައެކަނި މިދިޔަ ހަފުތާގެ ތެރޭގައި ވެސް ޑީޕޯޓްކޮށްލާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco