Ads by Farudhun

ޚަބަރު

އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ހުސައިން ދީދީ ވަކިކޮށްފި

އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ހުސައިން ދީދީ ވަކިކޮށްފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބައްދަލުވުމެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޭޕްރީލު 2026، 08:01

06 އޭޕްރީލު 2026، 08:01

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސައިން ދީދީ އެ މަޤާމުން ވަކިކުރައްވައިފިއެވެ.

މިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ޕީސީބީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކުރައްވާފައިވާ ކަމަށެވެ.

ހުސައިން ދީދީ މި މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް ބަދަލުތައް ގެނައުމަކީ ޕީސީބީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގްރޯ ނެޝެނަލް ކޯޕަރޭޝަނަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކޮށް ވިއްކުމަށް އެހީތެރިވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450