Ads by Farudhun

ޚަބަރު

އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް މި މަހު ކުރީކޮޅު ނިންމަނީ

އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް މި މަހު ކުރީކޮޅު ނިންމަނީ

އެފްއޭއެމް ޓަރފް-1. ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ނޮވެމްބަރު 2026، 11:02

01 ނޮވެމްބަރު 2026، 11:02

 ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. 

އެ ދަނޑުގައި އެޅުމަށް ބޭނުންވާ ޓާފް އެ ވުޒާރާއިން ފޯރުކޮށްދީފައިވާއިރު، އަމަލީ ގޮތުން ޓާފް އެޅުމުގެ މަސައްކަތް ކުރަމުންދަނީ އެފްއޭއެމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގުޅިގެންނެވެ.



މި މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމުމަށް ރާވާފައިވާއިރު، މި މަޝްރޫޢަށް ބޭނުންވާނެ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިންނެވެ.

މި މަސައްކަތް މި މަހުގެ ކުރީކޮޅު ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފްގެ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. ދަނޑުގެ ޓާފް ހަލާކުވެފައި ހުރިކަމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުންތެރިންނާއި ކުލަބުތަކުން ޝަކުވާ ކުރަމުން އައި ނަމަވެސް، މިކަމަށް މީގެ ކުރިން ހައްލެއް ލިބިފައިނެތުމަކީ ދަނޑު ބޭނުންކުރަމުންދާ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ. އެންމެ ފަހުން މި ދަނޑުގެ ޓާފް ބަދަލުކޮށްފައިވަނީ މީގެ 12 އަހަރުކުރިން 2014 ވަނަ އަހަރުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450