ކުޅިވަރު
ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގެ ކައިރިން މަގުމަތީގައި މަރުވެފައި އޮތްކަމަށް ބެލެވޭ މީހަކު ފެނިއްޖެ
އެ މީހާ އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ / ފޮޓޯ: މުޒައްޔިން ނާޒިމް
ފަރުދުން
06 އޭޕްރީލު 2026، 09:11
06 އޭޕްރީލު 2026، 09:11
ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގެ ކައިރިން މަގުމަތީގައި މަރުވެފައި އޮތްކަމަށް ބެލެވޭ މީހަކު ފެނިގެން އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ކަޅުހުރާ މަގުގައި ހުންނަ ސާޖް ނަމަކަށް ކިޔާ ގެއެއްގެ ކުރިމަތިން ފެނުނު މި މީހާގެ ހަރަކާތެއް ނެތްކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި އޭނާވެ އެއްވެސް ހަރަކާތެއް ނެތްކަމަށް ވަނީ ބުނެފައެވެ.
މަންޒަރު ދުށް މީހުން އިތުރަށް ބުނީ، އެ މީހާ އެތާ ބޭއްވި މީހުން ފިލާފައިވާކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރީ އިރުއޮއްސި 6:18 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި، އެ މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީގު ކުރަމުންނެވެ.