Ads by Farudhun

ޚަބަރު

އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް މޫސާ ޢަލީ ޖަލީލު މަރުޙަބާ ދަންނަވައިފި

އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް މޫސާ ޢަލީ ޖަލީލު މަރުޙަބާ ދަންނަވައިފި

ކޮންގްރެސް ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި މޫސާ ޢަލީ ޖަލީލް ވާހަކަފުޅު ދެއްކެވުން---

farudhun logo

ފަރުދުން

07 އޭޕްރީލު 2026، 07:08

07 އޭޕްރީލު 2026، 07:08

މި މަހުގެ 4ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ފަރާތްތަކަށް، މާލޭ ސިޓީގެ މޭޔަރަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ޓިކެޓުގައި ވާދަކުރެއްވި މޫސާ ޢަލީ ޖަލީލު މަރުޙަބާ ދަންނަވައިފިއެވެ.

އިންތިޚާބާ ގުޅޭ ގޮތުން މޫސާ ޢަލީ ޖަލީލް ޚިއްޞާ ކުރެއްވި މެސެޖުގައި ވަނީ، އެ ބޭފުޅާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ދެއްވައި، އެކަމުގައި ދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ. އަދި މި ޝުކުރުގެ ލިސްޓުގައި އެ މަނިކުފާނު ވަނީ ކޮންގްރެސް ޕާޓީގެ ލީޑަރޝިޕާއި އެހެނިހެން މެންބަރުން ހިމަނުއްވާފައެވެ.

މޫސާ ޢަލީ ޖަލީލް އިތުރަށް ވިދާޅުވީ، އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށާއި ކުރެއްވި އިތުބާރާއި ދެއްވި ތާޢީދު އަބަދުވެސް ހަނދާނުގައި ބަހައްޓާނެކަމަށް ވިދާޅުވެފައެވެ. 

އެ ބޭފުޅާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނަށް އަބަދުވެސް ފާގަތިކަން އެދޭކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450