ޚަބަރު
މަސްދަޅުގެ އަގު ބޮޑުނުކުރާނެކަމަށް މިފްކޯއިން ހާމަކޮށްފި
މިފްކޯގެ އުފެއްދުންތަކެއް ފިހާރައެއްގައި / ފޮޓޯ: މިފްކޯ
ފަރުދުން
07 އޭޕްރީލު 2026، 07:46
07 އޭޕްރީލު 2026، 07:46
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ)އިން މަސްދަޅުގެ އަގު ބޮޑު ނުކޮށް ކުރިން ހުރި އަގުގައި ދަމަހައްޓާނެކަން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިކަން އިޢުލާންކުރެއްވީ، ހޯމަ ދުވަހު މަސްދަޅުގެ އަގަށް ބަދަލުގެންނެވުމަށްފަހު، އެ ބަދަލާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއި ދިރިއުޅުމުގެ އަގަށް ރިޢާޔަތްކުރުމަށްފަހުކަމަށް ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ކުރިން ހުރިއަގަށް މަސްދަޅުގެ އަގު ބަދަލުކުރުމަށް ނިންމީ ކަމުގައި އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެއާއެކު ކުރިއެކޭވެސް އެއްގޮތަށް މިފްކޯގެ މަސްފިހާރަތަކުގައި ތެޔޮ މަސްދަޅެއް ހުރީ 17.50ރ. އަށެވެ. އަދި ތެޔޮ މަސްދަޅު ކޭހެއް 760 ރުފިޔާއަށް ލިބޭނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިފްކޯއިން ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްކަމަށެވެ.