ޚަބަރު
ކައުންސިލް އިންތިޙާބުގައި ކޮންގްރެސް ޕާޓީއަށް ކާށިދޫއިން ބޮޑު ތަރުހީބެއް
ކާށިދޫގައި ކޮންގްރެސް ޕާޓީއިން ކުރިޔަސް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން---
ފަރުދުން
07 އޭޕްރީލު 2026، 09:47
07 އޭޕްރީލު 2026، 09:47
މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި މާލެ އަތޮޅު ކާށިދޫއިން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެގޮތުން އެ ރަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ.
ތިން ކެނޑިޑޭޓުން ވާދަކުރި ކާށިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ސޮބާޙް މުޙައްމަދު ކާމިޔާބުކުރީ، ވޯޓުލީ މީހުންގެ 35 އިންސައްތަ ވޯޓުންނެވެ. އެއީ 496 ވޯޓެވެ. މި ގޮނޑިއަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ކުރިމަތިލީ ކެނޑިޑޭޓަށް ދެވަނަ ލިބުނުއިރު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ދިޔައީ ތިންވަނައަށެވެ.
އަދި ކައުންސިލްގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތައް ވެސް ކާމިޔާބުކުރީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި ފާތިމަތު ނަތާޝާ އާއި ރިޝްތާ ސަމީރެވެ. އެ ދެ ކެނޑިޑޭޓުންގެ ތެރެއިން ފާތިމަތު ނަތާޝާ 20 އިންސައްތަ ވޯޓު ހޯދިއިރު، ރިޝްތާ ވަނީ 22 އިންސައްތަ ވޯޓު ހޯދާފައެވެ.
މީގެ އިތުރުން ކައުންސިލް މެންބަރުންގެ ގޮނޑިތައް ކާމިޔާބުކުރީ ކޮންގްރެސް ޕާޓީގެ ނާއިފާ އިބްރާޙިމް އާއި އަޙްމަދު ޖުނައިސްއެވެ. މީގެ ތެރެއިން ނާއިފާއަށް 19.8 އިންސައްތަ ވޯޓު ލިބުނުއިރު ޖުނައިސްއަށް ލިބުނީ 21.4 އިންސައްތަ ވޯޓެވެ.
ކާޑިދޫގެ އިތުރުން މާލެ އަތޮޅުގެ ގިނަ ރަށްތަކުން ކޮންގްރެސް ޕާޓީ ވަނީ ކުރި ހޯދާފައެވެ.