Ads by Farudhun

ޚަބަރު

52 ރަބަރު ޕެކެޓާއެކު މަހިބަދޫއިން ދެމީހަކު ހައްޔަރުކޮށްފި

52 ރަބަރު ޕެކެޓާއެކު މަހިބަދޫއިން ދެމީހަކު ހައްޔަރުކޮށްފި

52 ރަބަރު ޕެކެޓާއެކު މަހިބަދޫއިން ދެމީހުންގެ ތެރެއިން ހައްޔަރުގައި ހުރި މީހާ---

farudhun logo

ފަރުދުން

07 އޭޕްރީލު 2026، 10:11

07 އޭޕްރީލު 2026، 10:11

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 52 ރަބަރު ޕެކެޓާއެކު އދ. މަހިބަދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، 4 އެޕްރީލް 2026ގައި މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އަދި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓުތައް ފެނުނީ އެ މީހުން ހުއްޓައި ބަލާފާސްކުރުމުގެ ތެރެއިންނެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ. 

މި މައްސަލައާ ގުޅިގެން މިހާރު ބަންދުގައި ހުރީ ލ. މާމެންދޫ / ޗޮންޗޮންގެ، ޢަލީ ނަސީމް (49އ)އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450