Ads by Farudhun

ޚަބަރު

ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ދަފްތަރު ހުޅުވުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2026، 02:10

07 އޭޕްރީލު 2026، 02:10

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ށ. ކޮމަންޑޫ، މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

މިއަދު ހުޅުވި، ތަޢުޒިޔާގެ ދަފުތަރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ސޮއިކުރައްވާފައެވެ. މި ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 14:00 އަށެވެ. މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ވަޒީރު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މަރްޙޫމު މޫސާ ރަމީޒަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށާއި، މުވައްޒަފުންނާ ވެރީންގެ އިތުބާރާއި، ލޯބި ހޯއްދެވި ވެރިއެއްކަން ފާހަގަކުރައްވާފައެވެ.

އަތޮޅުތައް ހިންގުމުގެ ދާއިރާއާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450