ޚަބަރު
ޒަރޫރީ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގިނަ ޤައުމުތަކަކާއި އެކު ދަނީ މަޝްވަރާކުރެވެމުން: ވަޒީރު ޚަލީލް
ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް
ކާބޯތައްކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގިނަ ޤައުމުތަކަކާއި އެކު ދަނީ މަޝްވަރާކުރެވެމުން ކަމަށް ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު ޚަލީލް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އެކުލަވާލައިފައިވާ ކޮމިޓީއިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޚަލީލް ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ ސަޕްލައި މެދުނުކެނޑޭނެ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއްވެސް ސަރުކާރުން އަންނަނީ އަޅަމ ުންކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއާސް ބޭނުންވާނެ ތެލާއި އަސާސީމުދާ ދަތިކަމެއް ނެތި ރާއްޖޭގެ ބާޒާރުން ލބެން އެބަހުރިކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެެވެ.
ވަޒީރު ޚަލީލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅައި އިސްކަންދޭނެ ކަންތައްތަކެއް ފާހަގަކޮށް އެކަންކަމަށް އިސްކަންދީ ޚަރަދުތައް ރިވިއު ކޮށް ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަައް މާލީ ވުޒާެރާއިން އަޅަމުން ގެންދާ ކަމަށެވެ.