Ads by Farudhun

ޚަބަރު

ބާޒާރުގައި މުދަލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން މިއަންނަނީ މޮނިޓަރކުރަމުން: ވަޒީރު ސަޢީދު

ބާޒާރުގައި މުދަލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން މިއަންނަނީ މޮނިޓަރކުރަމުން: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޭޕްރީލު 2026، 05:43

07 އޭޕްރީލު 2026، 05:43

އަސާސީ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ޖުމްލަ 164 ބާވަތެއްގެ މުދާ މިހާރުވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުން ދާ ކަމަށެވެ.

"މީގެ ތެރޭގައި ކައްކާ ގޭހާއި، ތެލާއި، ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކޮންމެހެން ބޭނުންވާ ތަކެތީގެ އިތުރުން، އެހެނިހެން 26 ބާވަތެއްގެ މުދާ ދަތިވިޔަ ނުދީ ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ކޮންމެ ދުވަހަކުވެސް ވަރަށް ބޮޑަށް މޮނިޓަރ ކުރަމުން ދަން މި ބާވާތްތައް. އަދި އެހެނިހެން ބާވަތްތައްވެސް ދަތިވިޔަ ނުދީ މަސައްކަތް ކުރަމުންމިދަނީ މިކަން ކުރަން."

ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ކަމަށެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ކާބޯތަކެތި ހޯދުމުގައި ބޭރުގެ މާކެޓްތަކާއި ސަޕްލަޔަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގިނަ ފަރާތްތަކަކާ ގުޅިގެން ކުރެވުނު މަސައްކަތުން، އެއްވެސް ބާވަތެއްގެ އަސާސީ މުދަލަކަށް ނުޖެހި، ބޭނުންވާ މިންވަރަށް ތަކެތި ލިބޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ކަމާބެހޭ އެޖެންސީތަކާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައިވެސް މި ނިޒާމު މިގޮތަށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ރޭވިފައިވާ ކަމަށެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުރާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450