Ads by Farudhun

ޚަބަރު

ސިމެންތި ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސިމެންތި ސަޕްލައިކޮށްދޭނެ އިތުރު ހަތަރު މާކެޓެއް ހަމަޖެހިއްޖެ: ވަޒީރު ސަޢީދު

ސިމެންތި ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސިމެންތި ސަޕްލައިކޮށްދޭނެ އިތުރު ހަތަރު މާކެޓެއް ހަމަޖެހިއްޖެ: ވަޒީރު ސަޢީދު

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޭޕްރީލު 2026، 05:49

07 އޭޕްރީލު 2026، 05:49

ރާއްޖޭގެ ބާޒާރުގައި ސިމެންތި ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސިމެންތި ސަޕްލައިކޮށްދޭނެ އިތުރު ހަތަރު މާކެޓެއް މިހާރު ހަމަޖެހިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ސައީދު ވިދާޅުވީ، ދޭތެރެއަކުން ބާޒާރުގައި ސިމެންތި ނުލިބިގެން ދިމާވާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ކޮމިޓީން ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް އާންމުކޮށް ސިމެންތި ގެންނަ މާކެޓުތަކުން މެދުކެނޑުމެއްނެތި ސިމެންތި ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާކެޓަށް އަތުވެދާނެ ލޮޅުމަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ސިމެންތި މިހާރުވެސް ގެންނަ މާކެޓުން ރާއްޖެއަށް ސިމެންތި ގެނައުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތަކަށްވެސް ވިސްނައިގެން މަސައްކަތް ކުރެވުނީ. އެހެންކަމުން މިހާރުވެސް ބަދަލުގައި ބޭނުންކުރެވޭނެ އިތުރު 4 ސަޕްލަޔަރަކު މިހާރުވެސް ވަނީ ހަަމަޖެހިފައި،

ކަމަށެވެ.

ޚާރިޖީ ވުޒާރާއާއި ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ދާއިރާއަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި ދުވަސްތަކުގައި ސިމެންތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއަށްވުރެ މަތީގައި ހުރިކަން ފާހަގަކުރެވެއެވެ. އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާރިޗު މަހު 250 ރުފިޔާއަށް އުފުލުނެވެ.

މީގެ އިތުރުން، ވިލާ އިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 313 ރުފިޔާއަށް އަދި ތިލަފުށިން ވިއްކާ އަގު 302 ރުފިޔާއަށް އުފުލިގެން ދިޔަކަމުގައިވިޔަސް، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިހާރު ސިމެންތީގެ އަގު ވަނީ ދަށަށް ދާން ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450