ޚަބަރު
މުރައިދޫގައި ތަރައްޤީކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދަނީ
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
މުރައިދޫގައި ތަރައްޤީކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، މުރައިދޫގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ވުޟޫ ކުރާނެ ބަޔަކާއި މުއްނާރު ލޭންޑް ސްކޭޕިން އަދި ވަށާފާރު ގެ އިތުރުން ލައިބްރަރީއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މި މަޝްރޫޢު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ސޯލާ ސިސްޓަމް ވެސް ހަރުކުރާ ގޮތަށްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
Project Update: Construction of Ha. Muraidhoo Mosque
— MTCC Plc (@MTCCPlc) April 7, 2026
Preparation for tie beam type 1 foundation concrete.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/R2fuQThw6m
މި މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން 7.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.