Ads by Farudhun

ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ މަޤާމުން ރިޓަޔާކުރަން ފަރުހާދު ފިކުރީއަށް އަންގާފައެއް ނުވޭ: ފުލުހުން

ޑެޕިއުޓީ ކޮމިޝަނަރ މަޤާމުން ރިޓަޔާކުރަން ފަރުހާދު ފިކުރީއަށް އަންގާފައެއް ނުވޭ: ފުލުހުން

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ---

farudhun logo

ފަރުދުން

07 އޭޕްރީލު 2026، 09:30

07 އޭޕްރީލު 2026، 09:30

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަޤާމުން ރިޓަޔާކުރަން އަންގާފައި ނުވާކަމަށާއި، އެކަމާ ގުޅިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަޤާމުން ރިޓަޔަރ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ބޭފުޅާ މިހާރު ވެސް ހުންނެވީ އެ މަޤާމުގައިކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާޢިލް ނަވީން މަޤާމުން ރިޓަޔާކުރެއްވުމަށްފަހު އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ކުރިން، ވަގުތީ ކޮމިޝަނަރަކަށް ވެސް ހުންނެވީ ފަރުޙާދު ފިކުރީއެވެ. 

ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މި މަހުގެ 5ވަނަ ދުވަހު ވަނީ އަޙުމަދު މުޙައްމަދު (ޓޫފޯ) އައްޔަންކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450