ޚަބަރު
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތިލައިފި
ހައިކޯޓު--
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތިލައިފި އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ހުޅުވާލާފައި ވަނީ ނިމިދިޔަ މާރިޗް މަހުގެ 26 ވަނަ ދުވަހުގައެވެ. ހަމަ އެހެންމެ، އެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. މި މުއްދަތު ހަވަވިއިރު ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް ޖުމްލަ 3 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.
މި މަޤާމަށް ކުރިމަތިލި ބޭފުޅުންނަކީ:
- ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ
- ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް
- ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ. މިއާއެކު، އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާއެވެ. ހައިކޯޓަށް ހޮވާ އިސް ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 47،700ރ. ލިބޭއިރު، ލިވިންގ އެލަވެންސްގެ ގޮތުގައި 18،000ރ.، އަދި ރިސްކް އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެެއެވެ.
ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާ ކޯޓެވެ.