ޚަބަރު
ފީއަލި ބަދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، ބަނދަރުގައި އޮތް އެހެން އުޅަނދުތަކަށް ހުޅުގަނޑު ފެތުރިއްޖެ
ފީއަލި ބަނދަރުގައި އޮތް ބޮޓުގައި އަލިފާން ރޯވެފައި / ފޮޓޯ: އެމްއެންޑީއެފް
ފަރުދުން
09 އޭޕްރީލު 2026، 10:11
09 އޭޕްރީލު 2026، 10:11
ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އެ ބަނދަރުގައި އޮތް އެހެން އުޅަނދުތަކަށް ހުޅުގަނޑު ފެތުރިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އަންނަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު ބޮޑުވެ، އެހެން އުޅަނދުތަކަށް ފެތުރެން ފަށާފައިވުމުން، ކައިރީގައި އޮތް އެހެން އުލަނދުތަކުގެ ވެސް ބޮޑުބައެއްގައި ވަނީ އަލިފާން ރޯވެ އަންދަންފަށާފައެވެ. އަދި އެ ރަށު ރައްޔިތުން އެއްވެ، ބަނދަރުގައި އޮތް އެހެން ދޯނިތައް އެ ސަރަޙައްދުން ދުރަށް ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި ކަމާގުޅުންހުރި އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.