Ads by Exprox

ޚަބަރު

ޤަވާޢިދާ ޚިލާފަށް ކުރަމުން ދިޔަ ވިޔަފާރިއަކާ އެކު ދެ ބިދޭސީއަކު ހިފަހައްޓައިފި!

ޤަވާޢިދާ ޚިލާފަށް ކުރަމުން ދިޔަ ވިޔަފާރިއަކާ އެކު ދެ ބިދޭސީއަކު ހިފަހައްޓައިފި!

އިއްޔެ ބަލާ ފާސްކުރި ގަރާޖުގައި އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވަނީ. ފޮޓޯ: އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2024، 04:02

02 ސެޕްޓެމްބަރު 2024، 04:02

ޤަވާޢިދާ ޚިލާފަށް ބިދޭސީން ކުރަމުންދިޔަ ވިޔަފާރިއަކާ އެކު ދެ ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ. 

މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގަ ބުނެފަައި ވަނީ ބިދޭސީން ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރަމުން އަންނަ ތަނެއް ކަމަށް މީސްމީޑިއާގައި ޙިއްޞާކޮށްފައިވާ ކަންބޮޑުވުމާއި ގުޅިގެން ހުޅުމާލޭގައި ހުންނަ ގަރާޖެއް އިއްޔެ ބަލައި ފާސްކޮށްފަ ވާކަމަށެވެ.



އަދި އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ތިބި ދެމީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައި ވެއެވެ. 

ޤަވާޢިދާ ޚިލާފަށް ހިންގާ އެތައް ވިޔަފާރިއެއް ބަންދުކޮށް، ނުޤަވާޢިދުން އުޅެމުންދިޔަ އެތައް ބިދޭސީއެއް  ހަމައެކަނި މިދިޔަ ހަފުތާގެ ތެރޭގައި ވެސް ޑީޕޯޓުކޮށްފަވެއެވެ. މި އޮޕަރޭޝަންގެ ދަށުން އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުން އަންނަނީ ހަމައެކަނި މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރި ވަމުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco