Ads by Farudhun

ޚަބަރު

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގައި ހުންނަ އައިސްޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި: މިފްކޯ

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގައި ހުންނަ އައިސްޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި: މިފްކޯ

އައިސް ޕްލާންޓުގައި އަލިފާން ރޯވެ އަނދާފައި--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޭޕްރީލު 2026، 02:19

09 އޭޕްރީލު 2026، 02:19

ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި، އެރަށުގައި ހުންނަ އައިސްޕްލާންޓްގައި ރޯވެ، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާންގަނޑު ބޮޑުވެ، އެހެން އުޅަނދުތަކަށް ފެތުރިފައިވާއިރު، ކައިރީގައި އޮތް އެހެން އުޅަނދުތަކުގެ ވެސް ބޮޑުބައެއްގައި އަލިފާން ރޯވެ އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.

މި ޙާދިސާގައި ލިބުނު ގެއްލުންތަކަށް އަލިއަޅުއްވާލަމުން މިފްކޯއިން ވިދާޅުވީ، ރޯވި އުޅަނދާ އައިސްޕްލާންޓާއި ދޭތެރޭގައި ހުންނާނީ 15 ވަރަކަށް ފޫޓުގެ ދުރުމިނެއް ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އެތަނަށް މިވަގުތު ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް ވެސް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. 

25 މެޓްރިކްސްޓަނުގެ މި އައިސްޕްލާންޓަކީ، 1 ސެޕްޓެމްބަރު 2025 އިން ފެށިގެން އޮޕަރޭޝަނަށް ގެނެސް، ޚިދުމަތް ދެމުން އަންނަ އައިސްޕްލާންޓެކެވެ.

މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނައިރު، ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކަށް ވެސް ގެއްލުންވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450