Ads by Farudhun

ޚަބަރު

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ބައެއް ސަރަޙައްދުތަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ބައެއް ސަރަޙައްދުތަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޭޕްރީލު 2026، 07:35

09 އޭޕްރީލު 2026، 07:35

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ބައެއް ސަރަޙައްދުތަކަށް ދިން އަނިޔާވެރި ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާ ކަމަށެވެ.

މީގެ އިތުރުން، މި ބަޔާނުގައި އިސްރާއީލުން ދިން ހަމަލާ ކުށްވެރި ކުރާ ކަމަށާއި، އިސްރާއީލުގެ އެފަދަ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ ޞުލްޙަ އާއި ޞުލްޙަ ޤާއިމުކުރުމަށްކުރާ މަސައްކަތްތައަކަށް ބުރޫއަރާ ކަމަށް ވިދާޅުވެފައިވާއިރު، އެކަމުގެ ސަބަބުން ސަރަޙައްދީ ސަލާމަތަށް ބުރޫއަރާ ފަދަ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖަހައި ހިންގަމުން އަންނަ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.

ހަމަ އެއާއެކު، އެ ޤައުމުގެ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ މިނިވަންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އެޤައުމާއި އެކުކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އިސްރާއީލުން އިއްޔެގެ ވަޤުތެއްގައި ލުބުނާނުގެ ސަރަޙައްދުތަކަށް ދިން ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އީރާނާއި އެކީ ކުރަމުން އައި ހަނގުރާމަ މެދުކަނޑާލި ނަމަވެސް އެ އެއްބަސްވުމުގައި ލުބުނާން ނުހިމެނެއެވެ.

ނަމަވެސް ޕާކިސްތާނުން އެކުލަވާލި މި އެއްބަސްވުމުގައި ލުބުނާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވެސް ހުއްޓާލުމަށް ހުށަހަޅާފައިވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450