Ads by Farudhun

ޚަބަރު

ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ބަޔަކަށް ދަޢުވާކުރަން ފޮނުވައިފި

ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ބަޔަކަށް ދަޢުވާކުރަން ފޮނުވައިފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަނީލޯންޑަރިންގެ ޢަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހުން---

farudhun logo

ފަރުދުން

09 އޭޕްރީލު 2026، 07:37

09 އޭޕްރީލު 2026، 07:37

ޑްރަގް ނެޓްވޯކެއްގައި ހިމެނޭ 4 މީހެއްގެ މައްސަލަ ތަހުޤީގުކޮށް ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

މި މީހުންނަކީ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިދިޔަ ޖެނުއަރީ މަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނެވެ.

މި މައްސަލަތަކުގައި ހިމެނެނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ 4 މީހުންކަމުގައިވާ ޝައްފާޙް ލަޠީފް އާއި އަޙްމަދު މަދީޙު އަދި އަޙްމަދު އަނާމް އިބްރާހީމްގެ އިތުރުން ނޫރުއްނިޡާމްއެވެ. 

މި 4 މީހުންނަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަނީލޯންޑަރިންގެ ޢަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހުންކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ. އަދި މި މީހުންނަކީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްކަން ފުލުހުންގެ ތަޙުޤީޤަށް ހޯދިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

މި މީހުންގެ އެކައުންޓުތަކުގައި ފާއިތުވި 05 އަހަރު ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރު ކޮށްފައިވާކަން ތަޙުޤީގަށް ވަނީ ފާހަގަކުރެވިފައެވެ.

މި މީހުންގެ އެކައުންޓުގައި ފައިސާ ދައުރުވެފައިވާ މިންވަރު:

  • އަޙްމަދު މަދީޙު

17,174,461.12ރ. (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) އެކައުންޓުގައި ދައުރުކޮށްފައި.

430,638.99ރ. (ހަތަރު ލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) މުސާރައިގެ ގޮތުގައި ޖަމާވެފައި.

  • އަޙްމަދު އަނާމް އިބްރާހީމް

38،812،690.60ރ. (ތިރީސް އަށް މިލިއަން އަށް ލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) އެކައުންޓުގައި ދައުރުކޮށްފައި.

271،874.32ރ. ( ދެ ލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި) މުސާރައިގެ ގޮތުގައި ޖަމާވެފައި.

  • ޝައްފާޙް ލަޠީފު

6،916،752.83ރ. (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާސް ދެ ރުފިޔާ އަށްޑިހަ ތިން ލާރި) އެކައުންޓުގައި ދައުރުކޮށްފައި.

371،635.36ރ. (ތިންލައްކަ ހަތްދިހަ އެއްހާސް ހަ ސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި) މުސާރައިގެ ގޮތުގައި ޖަމާވެފައި.

މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފާހަގަކުރެވުނުކަންވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450