Ads by Farudhun

ޚަބަރު

އިމާރާތެއްގެ 10ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

އިމާރާތެއްގެ 10ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

މާލޭގެ އިމާރާތްތަކެއް / ފޮޓޯ: މިހާރު

farudhun logo

ފަރުދުން

09 އޭޕްރީލު 2026، 08:39

09 އޭޕްރީލު 2026، 08:39

މާލޭގެ އިމާރާތެއްގެ 10ވަނަ ފަންގިފިލާއިން، ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މާފަންނު ސަބުދެލި މަގުގައި ހުންނަ މި އިމާރާތުން ވެއްޓިފައި ވަނީ ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:20 ހާއިރުއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެމީހާއަށް މިހާރު އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. 

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450