ދުނިޔެ

އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއްދީ ގެދޮރު ސުންނާފަތިކޮށްފި

އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއްދީ ގެދޮރު ސުންނާފަތިކޮށްފި

އިސްރާއިލުން ލުބްނާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2026، 04:22

10 އޭޕްރީލު 2026، 04:22

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް 50 އަށްވުރެ ގިނަ ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހަމަލާތަކުގެ ސަބަބުން އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ބުރޫއަރައި، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ލުބުނާނުގެ ގައުމީ މީޑިއާ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެކުނުގެ ރަށެއް ކަމަށްވާ ހަނަވްޔާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން އައިތާ އަލް-ޝާބްގެ އާންމުން ދިރިއުޅޭ ސަރަހައްދުތައް ސުންނާފަތިކޮށްފައިވާއިރު، ހަނީން ނަމަކަށް ކިޔާ ރަށުގެ ގިނަ އަދަދެއްގެ ގެދޮރު ގޮއްވާލާފައިވާ ކަމަށް އަލްޖަޒީރާގެ ރިޕޯޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ހިންގާ އުދުވާނުތައް ހުއްޓާލަންދެން މި ހަމަލާތައް ކުރިއަށްދާނެ" ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އިސްރާއީލުން ބޭރޫތަށް ދިން ވަރުގަދަ ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ބޭރޫތަށް ދޭ ހަމަލާތައް ވަނީ މަދުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ ހަމަލާތައް މަޑުޖައްސާލުމަށް އެމެރިކާއިން އިސްރާއީލަށް ކުރަމުންދާ ފިއްތުންތަކުގެ ނަތީޖާއެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން ލުބުނާނުގައި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލި، ބޮޑު ކާރިސާއެއް ކުރިމަތިވަމުންދާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ އިންޒާރު ދީފައެވެ.

ސިޔާސީ ގޮތުން މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބުނާނާއެކު ސީދާ މަޝްވަރާތައް ފެށުމަށް އަމުރުކުރައްވާފައެވެ. އަންނަ ހަފުތާގައި ވޮޝިންގްޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއްގައި ލުބުނާނުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އެއީ ހަމައެކަނި ތައްޔާރީ ބައްދަލުވުމެއް ކަމަށް ލުބުނާނުގެ ބައެއް މަސްދަރުތަކުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450