ޚަބަރު
ވޯޓު ނިމުނަސް ރައީސްގެ ވަޢުދުފުޅުތައް ފުއްދުމުގައި މަޑުޖެހުމެއް ނާދޭ: ޝުޖާއު
ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢު---
ފަރުދުން
10 އޭޕްރީލު 2026، 05:51
10 އޭޕްރީލު 2026، 05:51
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންޚާބު މިހާރު ނިމިފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމުގައި މަޑުޖެހުމެއް ނެތި ކުރިޔަށްދާތީ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާޙިމް ޝުޖާއު އެކަމަށް މަރުޚަބާ ދަންނަވައިފިއެވެ.
ވޯޓް ނިމިއްޖެ.ނަމަވެސް ރައީސް ޑރ @MMuizzu ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދުފުޅަކަށް ކުޑަވެސް މަޑުޖެހުމެއް ނާދޭ.ދިވެހީން ދެކެމުން މިދަނީ އުފާފާގަތި ދުވަސްތަކެއް.MDP ސަރުކާރުން ނެގި ބޮޑު ލޯނު ހަލާސް ކުރުމާއެކު ދިވެހީން ދެން ދެކޭނީ އިންޝާالله މާއުޖާލާ ދުވަސްތަކެއް.… https://t.co/xxNRPsUQL5
— Ibrahim Shujau (@IbrahimShujaau) April 10, 2026
ޝުޖާއު މިހެން ވިދާޅުވީ، ތ. ގާދިއްފުށި ބިންހިއްކުމުގެ މަޝްރޫޢު މިއަދު ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވުމާ ގުޅިގެންނެވެ. އަދި އެ ބޭފުޅާ މިހެން ވިދާޅުވެފައި މިވަނީ، މި ސަރުކާރުން ތަރައްޤީއަށް ކުރާ މަސައްކަތްތަކަކީ ވޯޓު ބޯމަތިވެފައިވާތީ ކުރައްވަމުންގެންދަވާ މަސައްކަތްތަކެއް ކަމަށް އިދިކޮޅުން އިންތިޚާބުގެ ކުރިން ބުނެފައި ވަނިކޮށެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އިކޮޅުގައި އޮތް އެމްޑީޕީއިން ނެގި ލޯނު މިހާރު ދައްކާ ޚަލާސްކޮށްފައިވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މާ އުޖާލާ ދުވަސްތަކެއްކަމުގައެވެ.
ދިވެހީން ދެކެމުން މިދަނީ އުފާފާގަތި ދުވަސްތަކެއް. MDP ސަރުކާރުން ނެގި ބޮޑު ލޯނު ހަލާސް ކުރުމާއެކު ދިވެހީން ދެން ދެކޭނީ އިންޝާالله މާއުޖާލާ ދުވަސްތަކެއް.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު،އިބްރާޙިމް ޝުޖާއު ވިދާޅުވިއެވެ.
ގާދިއްފުށީގެ ބިން ހިއްކުމަށް މިއަދު ފެށި މި މަޝްރޫޢުގެ ދަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ދުނިޔޭގެ ފެންވަރުގެ ބޮޑު ކޮންނަ ބޯޓެއް ކަމަށްވާ 'ފިލިޕޯ ބްރޫނެލެސްކީ' (Filippo Brunelleschi) ބޭނުންކޮށްގެންނެވެ. މި ބޯޓަކީ އެއްފަހަރާ 11,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. މި ބޯޓުގެ އެހީގައި ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.