Ads by Farudhun

ޚަބަރު

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން އެމްއެންޑީއެފުން ޙަރަކާތްތެރިވެ ނިއްވާލައިފި

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން އެމްއެންޑީއެފުން ޙަރަކާތްތެރިވެ ނިއްވާލައިފި

އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޭޕްރީލު 2026، 12:35

11 އޭޕްރީލު 2026، 12:35

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުން ޙަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބުނީ ރޭ 03:43 ހާއިރު ކަމަށެވެ.

އެގޮތުން، މި ހާދިސާގެ މަޢުލޫމާތު ރޭ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450