ޚަބަރު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ މަޢުލޫމާތު އާންމުކޮށްފި
ބަންދުގައި ބަހައްޓައިގެން ފުލުހުން ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ---
ފަރުދުން
12 އޭޕްރީލު 2026، 12:21
12 އޭޕްރީލު 2026، 12:21
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފިއެވެ.
މިއީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއްކަމަށް ފުލުހުން ހާމަކުރެއެވެ. އެހެންކަމުން މި މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، ލާސާނީ، އަޙްމަދު ފަޔާޟް (31އ) އެވެ.
މި މީހާ ބަންދުގައި ބަހައްޓައިގެން 2026 އޭޕްރީލް 14 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
އަޙްމަދު ފަޔާޟްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.