Ads by Exprox

ޚަބަރު

މި މަޖިލީހުގައި މިހާތަނަށް އެއްވެސް ބިލެއްގެ މަސައްކަތް ނުހިނގައެއް ނޯންނާނެ: ޢަބްދުއްރަޙީމް

މި މަޖިލީހުގައި މިހާތަނަށް އެއްވެސް ބިލެއްގެ މަސައްކަތް ނުހިނގައެއް ނޯންނާނެ: ޢަބްދުއްރަޙީމް

މަޖިލިސް ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2024، 06:53

22 ނޮވެމްބަރު 2024، 06:53

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް އެއްވެސް ބިލެއްގެ މަސައްކަތް ނުހިނގައެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ފޮނަދޫ ދާއިރާގެ މެމްބަރު އަދި މިޖިލީހުގެ ރައީސް ޢަބްދުރަޙީމް މިހެން ވިދާޅުވީ ދައުލަތުގެ ޓީވީގެ “ހަފްތާ52” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޢަބްދުއްރަޙީމް ވިދާޅުވީ މީގެ ކުރީގެ ރައްޔިތުންގެ މަޖިލީހުން ނަތީޖާ ނުނެރެވި ވަނީ ނިޔަތް ރަނގަޅުނުވުމުން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންގެ ނިޔަތަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން ކަމަށްވާނަމަ ނަތީޖާ ނެރެވޭނެކަން ކަށަވަރުވާ ކަމަށާއި އެކަން 20ވަނަ ރައްޔިތުންގެ މަޖިލީހުން ސާބިތުކޮށްދެމުން ގެންދަވާކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ބިލެއް މަޖިލީހަށް ވަނުމުން އެ ބިލް ހިފެހެއްޓިފައި ނޯންނާނެ ކަމަށާއި، މިހާތަނަށް މަޖިލީހުގެ އެއްވެސް ބިލެއްގެ މަސައްކަތް ނުހިނގައެއް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެއިތުރުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތްތައް ގެންދާނީ ކުރިއަށްކަމަށާއި، މަޖިލީހުގެ މަސައްކަތްތަކަށް ބަލާއިރު ވަރަށް ބޮޑު ކާމިޔާބީއެއް މިހާތަނަށް ހާސިލްކޮށްފައިވާ ކަމަށް ޖިލީހުގެ ރައީސް ވިދާޅުވިއެވެ.ޕީއެންސީގެ މަޖިލީސް މެމްބަރުން މަސައްކަތް ކުރައްވަނީ އެއް އަމާޒެއްގައި، އެއް އަޒުމެއްގައިކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ ކަންކަމުގައި މެމްބަރުންގެ ޚިޔާލުތަފާތު ނުވާ ކަމަށެވެ. އަދި ހުރިހާ މެމްބަރުންވެސް މަސައްކަތްކުރައްވަނީ އެކުގައި ރައްޔިތުންނަށް ޙިދުމަތްކޮށްދެއްވުމަށް ކަމަށް މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރިފައިވާއިރު ގިނަ ކާމިޔާބީތައް ހާސިލްކުރެވިއްޖެ ކަމަށާއި ކުރިއަށް އޮތް 4 އަހަރުވެސް ފެންނަނީ ވަރަށް ކާމިޔާބުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

 

 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS