Ads by Farudhun

ޚަބަރު

ޕާސްޕޯޓާ ގުޅޭ ތިން ޚިދުމަތެއް އިމުގާ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ޕާސްޕޯޓާ ގުޅޭ ތިން ޚިދުމަތެއް އިމުގާ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިމިގްރޭޝަނުން އިމުގާ ތަޢާރަފްކުރީ 2020 ގައި---

farudhun logo

ފަރުދުން

12 އޭޕްރީލު 2026، 02:02

12 އޭޕްރީލު 2026، 02:02

ދިވެހި ޕާސްޕޯޓާ ގުޅޭ ތިން ޚިދުމަތެއް އިމުގާ މެދުވެރިކޮށް ލިބޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ. 

އެ އިދާރާއިން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ، މިހާރު އިމުގާ މެދުވެރިކޮށް މުޅިން އަލަށް 3 ޚިދުމަތެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ހުށައެޅުމާއި، ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅުމުގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމަށް މިހާރު އިމުގާ މެދުވެރިކޮށް ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. 

ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ބޭނުންނަމަ މީގެކުރިން ޖެހެނީ ސިޓީ ފޮނުވާށެވެ. ނަމަވެސް މިހާރު އިމުގާ ޕޯޓަލްއިން ދިވެހި ޕާސްޕޯޓާއި ބެހޭ ބައިން އިތުރު ޚިދުމަތްތަކުގެ ބައިން އެކަމަށް އެދެވޭނެއެވެ.

ޕާސްޕޯޓް ކޮޕީއަށް އެދި ކުރިން އީމެއިލް ކުރަން ޖެހުނު ނަމަވެސް މިހާރު އިމުގާ ޕޯޓަލްގެ އެޕްލިކޭޝަން ބައިން އެކަމަށް އެދެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމަށްވެސް ފަސޭހަކަމާއިއެކު މިހާރު އިމުގާ ޕޯޓަލްއިން އެދެވޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

"އިމުގާ" ޕޯޓަލްއަކީ އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ވިއުގައެވެ. 2020ވަނަ އަހަރު މި ޕޯޓަލް ތަޢާރަފްކުރި ފަހުން، ގިނަ ޚިދުމަތްތަކެއް އަންނަނީ މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450