Ads by Farudhun

ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ސިނާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޭޕްރީލު 2026، 02:26

12 އޭޕްރީލު 2026، 02:26

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި ހުކުމް އައީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީއެވެ.

މި މައްސަލައަކީ މީގެ ދެ އަހަރު ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވާ މައްސަލައެކެވެ. ސިނާންއާއެކު އަހުމަދު ވަހީދާއި މުހައްމަދު ސަލީމް، އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ އޮތް މައްސަލައިގައި، 14 އޮކްޓޯބަރު 2024 ގައި ކޯޓުން ވަނީ އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ހުކުމްކޮށްފައެވެ.

ސިނާންގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވަކީލު ގާލިބު ސަލީމް އެވެ. މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.

ޝަރީޢަތުގައި ސިނާންގެ ފަރާތުން އެ ފައިސާ 15 އޭޕްރީލް 2025 ގައި ދައްކައި ޚަލާސްކޮށްފައިވާކަމަށް ބުނި ނަމަވެސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ "ފައިސާ ދައްކާފައިވަނީ ކޯޓުން ކަނޑައެޅި މުއްދަތު ފަހަނައަޅާފައި ވަނިކޮށް" ކަމަށެވެ. އެހެންކަމުން، ގާނޫނުއަސާސީގައި ބަޔާންކުރާ ސާބިތު ދަރަންޏެއް އޮތުމުގެ ސިފަ ސިނާންގެ ކިބައިގައި ހުރިކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެންބަރެއްގެ މައްޗަށް މިފަދަ ހުކުމެއް އައުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާނެ ކަމާއި، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގައި ބުރަދަނެއް ނެތްކަން ހާމަވާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450