Ads by Farudhun

ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހި/ފޮޓޯ: އެމްވީ ޕްލަސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޭޕްރީލު 2026، 03:58

12 އޭޕްރީލު 2026، 03:58

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މިކަމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، ދިމާވެފައިވާ މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ޙައްލުކޮށް، ކަރަންޓުގެ ޚިދުމަތް އަލުން ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

ކަރަންޓު ދިޔުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450