Ads by Farudhun

ޚަބަރު

ކޮލަމްބޯގައި ތާށިވެފައިހުރި ބޯޓުތައް ކްލިއަރ ކުރުމުގެ މަސައްކަތް ހަލުވި ކޮށްދަނީ ކުރިއަށް: ވަޒީރު ސަޢީދު

ކޮލަމްބޯގައި ތާށިވެފައިހުރި ބޯޓުތައް ކްލިއަރ ކުރުމުގެ މަސައްކަތް ހަލުވި ކޮށްދަނީ ކުރިއަށް: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޭޕްރީލު 2026، 06:01

12 އޭޕްރީލު 2026، 06:01

ސްރީލަންކާގެ ކޮލަމްބޯގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިޤަތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކްރައިސިސް ކޮމިޓީ އިން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ އަސާސީ މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާފައެވެ.

ވަޒީރު ސައީދު ވިދާޅުވީ، މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) ގުޅިގެން ކުރި މަސައްކަތުން އެ އަދަދު މިހާރު 1,741 އަށް ދަށްކުރެވިފައިވާ ކަމަށެވެ. މިހާރު މާލޭ ބަނދަރުގައި އޮތް އުޅަނދުގައި 1,200 ކޮންޓެއިނަރުގެ މުދާ ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2,500 ކޮންޓެއިނަރު މާލެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

މުދާ ގެނައުމުގެ ތަފްސީލުތަކަށް ބަލާއިރު، އޭޕްރީލް 12 ވަނަ ދުވަހު 500 ކޮންޓެއިނަރު، 13 ވަނަ ދުވަހު 500 ކޮންޓެއިނަރު، އަދި 14 ވަނަ ދުވަހު 1,000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ މުދާ ރާއްޖެއަށް ގެނައުމަށް ވަނީ ތާވަލުކުރެވިފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް ވަނީ 19 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާއި، ފަތުރުވެރިން އިތުރުވުމުގެ އިތުރުން ރަމަޟާން މަހާ ދިމާވުމެވެ.

"މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިހާރު މަސައްކަތް ކުރަމުން މިދަނީ އަސާސީ ކާބޯތަކެތީގެ މި ހިމެނޭ މުދާތައް 7 މާކެޓަކުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިކަމުގައި ވެސް ކުރިއެރުންތަކެއް މިވަނީ ލިބިފަ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ،" ވަޒީރު ވިދާޅުވިއެވެ.

ކަނޑުމަގުން މުދާ ގެނައުމުގެ އިތުރުން، ވައިގެ މަގުން މުދާ އެތެރެކުރުން ވެސް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެއާލައިންތަކުން ފްލައިޓްތައް އިތުރުކުރުމާ ގުޅިގެން އެއާ ފްރައިޓްކޮށް ގެންނަ މުދާ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ކޮލަމްބޯގައި ހުރި ފްރޯޒަން މުދަލާއި އެހެނިހެން މުދާތައް ގެނައުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވަނީ ތެލުގެ ޝިޕްމަންޓްތައްވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބެމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ޗައިނާއާއެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މިފަދަ ދަނޑިވަޅުތަކުގައި މުދާ ގެނައުމަށް ލިބޭ ބޮޑު ފަސޭހައެއްގެ ގޮތުގައި ވަޒީރު ސަޢީދު ސިފަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450