ދުނިޔެ

އީރާން ޚިޞާރުކުރަން ޓްރަމްޕް ނިންމެވުން، ތެލުގެ އަގު 103 ޑޮލަރަށް އުފުލިއްޖެ

އީރާން ޚިޞާރުކުރަން ޓްރަމްޕް ނިންމެވުން، ތެލުގެ އަގު 103 ޑޮލަރަށް އުފުލިއްޖެ

އީރާނުގެ ކަނޑުގެ ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2026، 12:42

13 އޭޕްރީލު 2026، 12:42

އީރާންގެ ކަނޑުގެ ސަރަހައްދު ޙިޞާރު ކުރަން ނުވަތަ ބަންދުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

 މި ނިންމުމާއެކު ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު އާދީއްތަ ދުވަހު 8 އިންސައްތައަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 103 ޑޮލަރަށް ވަނީ އަރާފައެވެ.

ރައީސް ޓްރަމްޕް މިކަން އިޢުލާން ކުރެއްވީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ ހޯމްރޫޒް ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދުފަހަރެއް އެމެރިކާގެ ނޭވީން ހުއްޓުވާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމައެކަނި އީރާނަށް ދަތުރުކުރާ އަދި އެ ގައުމުން އަންނަ އުޅަނދުތައް ހުއްޓުވާނެ ކަމަށާއި، އެހެން އުޅަނދުތަކަށް ހުރަހެއް ނޯންނާނެ ކަމަށެވެ.

މި ޙިޞާރަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ ހޯމަ ދުވަހުގެ ހެނދުނު 10:00 (ޖީ.އެމް.ޓީ އިން 14:00) ގައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ކުރާ މައި މަގު ކަމަށްވާ ހޯމްރޫޒް ކަނޑުއޮޅީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެލުގެ އަގަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިދިޔަ މަހު ތެލުގެ އަގު 119 ޑޮލަރަށް އެރި ނަމަވެސް، މިދިޔަ ހަފުތާގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމާ ގުޅިގެން އަގު 92 ޑޮލަރަށް ތިރިވިއެވެ.

މެރިޓައިމް އިންޓެލިޖެންސް ފާމެއް ކަމަށްވާ ވިންޑްވާޑުން ހާމަކުރި ގޮތުގައި، ހަނގުރާމައިގެ ކުރިން ދުވާލަކު 130 އުޅަނދު ހުރަސްކުރާ މި ކަނޑުއޮޅިން މިދިޔަ ހޮނިހިރު ދުވަހު ދަތުރުކޮށްފައިވަނީ އެންމެ 17 އުޅަނދެވެ. މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މި ނުތަނަވަސްކަމުގެ އަސަރު އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ވެސް ވަނީ ކޮށްފައެވެ. ހޯމަ ދުވަހު ބާޒާރު ހުޅުވުނުއިރު ޖަޕާނުގެ ނިކޭ އިންޑެކްސް 0.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް 1 އިންސައްތައަށް ވުރެ ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ. މީގެ އިތުރުން އެމެރިކާގެ އެސް.އެންޑް.ޕީ 500 ފިއުޗާސް ވެސް ވަނީ 0.8 އިންސައްތަ ދަށަށް ގޮސްފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450