Ads by Exprox

ޚަބަރު

ރާއްޖެ އާއި އިންޑޮނޭޝިޔާ އާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު، ރައީސް ތަޙުނިޔާ ފޮނުއްވައިފި!

ރާއްޖެ އާއި އިންޑޮނޭޝިޔާ އާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު، ރައީސް ތަޙުނިޔާ ފޮނުއްވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2024، 04:05

02 ސެޕްޓެމްބަރު 2024، 04:05

ރައީސް ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާ އިންޑޮނޭޝިޔާ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ފޮނުއްވައިފިއެވެ.

އިންޑޮނޭޝިޔާގެ ރައީސަށް ތަޙުނިޔާ ވިދާޅުވެ ރައީސް ޑރ މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ފާހަގަކުރައްވައި މި މުނާސަބަތުގެ ހެޔޮއެދުންތައް އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

 ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުންތައް ވޭތުވެދިޔަ އަހަރުތަކުގައި އިތުރަށް ކުރިއަރައި ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ ސިޓީފުޅުގައި އިންޑޮނޭޝިޔާގެ ރައީސާއި އެޤައުމުގެ ސަރުކާރާއި އެކުގައި މަސައްކަތްކުރައްވައި، ދެޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވަމުން ގެންދެވުމަށާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޑރ މުޢިއްޒު ވަނީ އިންޑޮނޭޝިޔާގެ ރައީސަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco