Ads by Exprox

ޚަބަރު

ރަޝިޔާއިން އޯރެޝްނިކް މިސައިލް ތަޢާރަފުކޮށް، ޔުކްރެއިނަށް ހަމަލާދޭން ތައްޔާރުވަނީ

ރަޝިޔާއިން އޯރެޝްނިކް މިސައިލް ތަޢާރަފުކޮށް، ޔުކްރެއިނަށް ހަމަލާދޭން ތައްޔާރުވަނީ

މިސައިލް ޓެސްޓުކުރުން ފޮޓޯ:ބީބީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ނޮވެމްބަރު 2024، 12:08

23 ނޮވެމްބަރު 2024، 12:08

ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ވިދާޅުވެފައިވަނީ އެ ގައުމުގައި "ބޭނުންކުރަން ތައްޔާރަށް" ވަރުގަދަ އައު މިސައިލްތަކެއްގެ ސްޓޮކެއް އޮތް ކަމަށެވެ. މި ވާހަކަ ޕުޓިން ދެއްކެވީ ރަޝިޔާއިން ޔުކްރެއިންގެ ޑްނިޕްރޯ ސިޓީއަށް އައު ބެލިސްޓިކް މިސައިލެއް ދޫކޮށްލި ދުވަހުގެ ފަހު ދުވަހުއެވެ.

ކުއްލިއަކަށް ދެއްވި ޓީވީ ޚިޠާބެއްގައި ރަޝިޔާގެ ވެރިޔާ ވިދާޅުވީ އޯރެޝްނިކް މިސައިލަކީ އިންޓަރސެޕްޓް ނުކުރެވޭނެ މިސައިލެއް ކަމަށާއި، "ހަނގުރާމައިގެ ހާލަތުގައި" ވެސް މި މިސައިލް ޓެސްޓުކުރާނެ ކަމަށެވެ.

ރަޝިޔާއިން އޯރެޝްނިކް މިސައިލް ބޭނުންކުރުމާ ގުޅިގެން، ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. އެއީ "ސީރިއަސް ޖަވާބެއް" ދިނުމަށެވެ. އެއީ ޕުޓިން "އޭނާގެ ޢަމަލުތަކުގެ ހަގީގީ ނަތީޖާ އިހުސާސްކުރުވުމަށް" ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ އޯރެޝްނިކް ހައިޕަރސޮނިކް މިސައިލްތަކަކީ އަޑުގެ ސްޕީޑަށްވުރެ 10 ގުނަ ބާރު ސްޕީޑެއްގައި ދަތުރުކުރާ މިސައިލްތަކެއް ކަމަށާއި، މި މިސައިލްތައް އުފެއްދުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އޭގެ ކުރިން ޕުޓިން ވިދާޅުވެފައިވަނީ މި މިސައިލް ބޭނުންކުރީ ޔުކްރެއިނުން ސްޓޯމް ޝެޑޯ އަދި އެޓެކްމްސް މިސައިލްތައް ބޭނުންކުރުމާ ގުޅިގެން ކަމަށެވެ.

ބުރާސްފަތި ދުވަހު ޑްނިޕްރޯއަށް ދިން ހަމަލާ ލޮލުން ދުށް މީހުން ސިފަކޮށްފައިވަނީ އާދަޔާ ޚިލާފު ހަމަލާއެއްގެ ގޮތުގައެވެ. އަދި މި ހަމަލާގައި ތިން ގަޑިއިރު ވަންދެން ގޮވަމުން ދިޔަ ކަމަށް ބުނެފައިވެއެވެ.

މި ހަފުތާގައި ހަނގުރާމަ ގޯސްވުމާ ގުޅިގެން ދުނިޔޭގެ އެހެން ލީޑަރުން ވެސް ވަނީ އިންޒާރުތަކެއް ދީފައެވެ. ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވެފައިވަނީ ހަނގުރާމަ ވަނީ ނިމުމަކާ ކައިރިވެފައި ކަމަށާއި، ދުނިޔެއަށް ނުރައްކާވުމުގެ ބިރު އޮތް ކަމަށެވެ.

ރަޝިޔާއިން ފެބުރުވަރީ 2022 ގައި ޔުކްރެއިނަށް ފުލް-ސްކޭލް ހަމަލާއެއް ދިނެވެ. މިހާރު ދެ ގައުމުން ވެސް މަސައްކަތް ކުރަމުންދަނީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އަންނަން ކުރިން ހަނގުރާމައިގެ މައިދާނުގައި އިތުރު ކުރިއެރުމެއް ހޯދުމަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco