Ads by Farudhun

ޚަބަރު

ސިޓީތަކާއި ބެހޭ މިނިސްޓްރީ އުވާލައިފި

ސިޓީތަކާއި ބެހޭ މިނިސްޓްރީ އުވާލައިފި

ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އައްޑޫ ސިޓީ މޭޔަރު ނިޒާރާ ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 01:35

15 އޭޕްރީލު 2026، 01:35

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިއްޔެ އުވާލައިފިއެވެ. މި ބަދަލަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެނެވުނު މުހިންމު އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އެ މިނިސްޓްރީ އުވާލި ނަމަވެސް، އެ ވުޒާރާގެ މެންޑޭޓްގައި ހިމެނޭ ކަންކަން އެހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅޭ އިތުރު ތަފްސީލްތައް ރައީސް އޮފީހުން ފަހުން ހާމަކުރާނެ ކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ކެބިނެޓަށް ގެނައި މި ބޮޑު ބަދަލާއެކު، ކުރިން ތިއްބެވި 20 ވަޒީރުންގެ ތެރެއިން 10 ވަޒީރަކު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު ވެސް ހިމެނިވަޑައިގަންނަވައެވެ. އަލުން ކެބިނެޓް އެކުލަވާލިއިރު، އާދަމް ޝަރީފަށް އެއްވެސް މަގާމެއް ދެއްވާފައި ނުވާކަން ފާހަގަކުރެވެއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. މި ބަދަލުތަކާއެކު ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކޮށްފައެވެ.

މި އިސްލާހީ ބަދަލުތަކުގެ ތެރެއިން އިއްޔެ ވަނީ ޖުމްލަ 12 މިނިސްޓަރަކު މަގާމުގެ ހުވާ ކުރައްވާފައެވެ. މީގެ ތެރޭގައި ކެބިނެޓަށް މުޅިން އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މި ބަދަލަކީ ސަރުކާރުގެ މަސައްކަތްތައް އަވަސްކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުރިހަމަކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450