Ads by Farudhun

ޚަބަރު

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ މީހަކު މޫދު އަޑިން ފެނިއްޖެ

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ މީހަކު މޫދު އަޑިން ފެނިއްޖެ

ކުޅުދުއްފުށީ ސިޓީ/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 އޭޕްރީލު 2026، 05:01

15 އޭޕްރީލު 2026، 05:01

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ މީހަކު މޫދު އަޑިން ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް 2026 އޭޕްރީލް 15 ވަނަ ދުވަހުގެ 13:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ރިޕޯޓާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެ މީހާ ފެނިފައި ވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އެމީހާއަށް ފަރުވާ  ދިނުމަށް ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާއިރު، މިކަމާއި ގުޅޭ އިތުރު ތަފްޞީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450