ޚަބަރު
މޫދު އަޑިން ނެގި މީހާ ނިޔާވެފައިވާކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ހާމަކޮށްފި
ކުޅުދުއްފުށި ސިޓީ---
ފަރުދުން
15 އޭޕްރީލު 2026، 06:12
15 އޭޕްރީލު 2026، 06:12
ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދަނިކޮށް މޫދު އަޑިން ފެނުނު މީހާ ނިޔާވެފައިވާކަމަށް ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ކުޅުދުއްފުށި، ބަޑިފަސްގަޑުގޭ އުމުރުން 59 އަހަރުގެ ސުލައިމާން ޙުސައިންއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ މީހާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދުގެ 13:48 ހާއިރުއެވެ.
އަދި މި ރިޕޯޓާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެ މީހާ ފެނިފައި ވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ 15:00 ހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.