Ads by Exprox

ޚަބަރު

އަނެއްކާވެސް ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ބަލާފާސްކޮށްފި!

އަނެއްކާވެސް ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ބަލާފާސްކޮށްފި!

އިމިގްރޭޝަނުން ބަލައި ފާސްކުރި ތަނެއް. ފޮޓޯ: އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2024، 07:02

02 ސެޕްޓެމްބަރު 2024، 07:02

އަނެއްކާވެސް ޤަވާޢިދާ ޚިލާފަށް ވިޔަފާރިއަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލާ ދެ ބިދޭސީއަކު ހިފަހައްޓައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގަ ކޮށްފައިވާ ޕޯސްޓެއްގަ ބުނެފައިވަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުންދާކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އިއްޔެ ދެތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެެވެ.

އަދި މި ރެއިޑުގަ ބަލާ ފާސްކުރި ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.  އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

"މި ރެއިޑުގައި 02 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި" - އިމިގްރޭޝަނުން ބުނެފައިވެއެވެ.



ރާއްޖޭގަ ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ހާހަކަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކުރެވިފައިވެއެވެ. 

މާލޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތް ވަރުގަދަކޮށް ފުޅާ ކުރުމުން ބިދޭސީން މާލެއިން ފުރައިގެން ރަށްރަށަށް ދާ ކަމުގެ މަޢުލޫމާތު އިމިގްރޭޝަނަށް ލިބިގެން އިއްޔެ ވެސް ކުޅުދުއްފުށީގައި އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވެ ދެ ބިދޭސީއަކު ހިފާފައިވެއެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco