Ads by Farudhun

ޚަބަރު

މަކަރާއި ހީލަތުން ހޯދި 400،000 ރުފިޔާ ވެރިފަރާތަށް އަނބުރާ ހޯދައިދީފި

މަކަރާއި ހީލަތުން ހޯދި 400،000 ރުފިޔާ ވެރިފަރާތަށް އަނބުރާ ހޯދައިދީފި

ގިނަ ޢަދަދެއްގެ ފައިސާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޭޕްރީލު 2026، 03:08

17 އޭޕްރީލު 2026، 03:08

މަކަރާއި ހީލަތުން މީހަކު އަތުން ހޯދި 400،000 ރުފިޔާ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުން ވެރިފަރާތަށް އަނބުރާ ހޯދައިދީފި އެވެ.

މި މައްސަލައަކީ ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް 2026 އެޕްރީލް 10 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޝަކުވާ ލިބުމާ ގުޅިގެން ފުލުހުން ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތުން ފައިސާއާ ހަވާލުވި ކަމަށް އިއުތިރާފުވެފައިވާ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިގޮތުން، އެ ފައިސާ މިހާރު  އެއްކޮށް ދައްކައި ނިންމާފައިވާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450