Ads by Farudhun

ޚަބަރު

ރާއްޖެއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށްފި

ރާއްޖެއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޭޕްރީލު 2026، 03:35

17 އޭޕްރީލު 2026، 03:35

ރާއްޖެއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ އިމްރާން ޕާޝާ (33އ) އާއި އޭނާގެ އަނބިމީހާ ކްރިސް އެމްބްރޯސިޔާ (27އ)އެވެ. 

މި މައްސަލައިގައ އެ ދެ މީހުންގެ މައްޗަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެމީހުން ގެނައި ލަގެޖުން 2.4 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެހެންކަމުން، މި މައްސަލައިގައި އެ ދެމަފިރިން 30 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މި ދެމަފިރިން ހައްޔަރުކޮށްފައިވާއިރު، ދާދިފަހުން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުން އިންޑިއާގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450