Ads by Farudhun

ޚަބަރު

ދިވެހިރާއްޖެއިން ސްވިޑަން އަށް ކަނޑައަޅުއްވައިފައިވާ ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ސްވިޑަން ރަސްގެފާނަށް އަރުވައިފި

ދިވެހިރާއްޖެއިން ސްވިޑަން އަށް ކަނޑައަޅުއްވައިފައިވާ ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ސްވިޑަން ރަސްގެފާނަށް އަރުވައިފި

ފަތްކޮޅު އެރުވުން/ފޮޓޯ: ޚާރިޖީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޭޕްރީލު 2026، 04:16

17 އޭޕްރީލު 2026، 04:16

ދިވެހިރާއްޖެއިން ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ކާލް ސޯޅަވަނަ ގުސްޓާފް އަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ކިންގްޑަމް އޮފް ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމް ގައި ހުންނަ ރަސްމީ ގަނޑުވަރުގައި މިއަދުގެ ވަޤުތެއްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި، ސަފީރު ޝާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި ސްވިޑަން އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.

ސްޓޮކްހޯމް އަށް ކުރެއްވި މި ދަތުރުފުޅުގައި ސަފީރު ޝާން ވަނީ، ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ސްވިޑަން އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޝާން އަރިހުގައި، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ސަފީރު ޝާން އަކީ ޖަރުމަނުވިލާތަށާއި، ކިންގްޑަމް އޮފް ނޯވޭ އަށާއި، ރިޕަބްލިކް އޮފް ފިންލެންޑް އަށް ވެސް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަން ފާހަަގޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450