Ads by Farudhun

ޚަބަރު

ކުޑަ ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ކުޑަ ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޭޕްރީލު 2026، 07:25

17 އޭޕްރީލު 2026، 07:25

ކުޑަ ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ ޢަމަލެއް ހިންގި މައްސަލައެއް 2026 އޭޕްރީލް 17 ވަނަ ދުވަހުގެ 13:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަޙުޤީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމަ އެހެންމެ، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450