Ads by Farudhun

ޚަބަރު

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށްފި މިހާރު ދަތުރުތަކަށް އަގު ނަގާނެ

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށްފި މިހާރު ދަތުރުތަކަށް އަގު ނަގާނެ

މާލޭ ޓެކްސީ ލައިންގެ ޓެކްސީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2026، 11:24

18 އޭޕްރީލު 2026، 11:24

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެމްޓީސީސީން އެ ޚިދުމަތުގެ ޚާއްސަ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.

މި އައު ބަދަލާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ޓެކްސީ ބުކްކުރުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ރޭ ދަންވަރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް މެދުވެރިކޮށް ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ވަރަށް އަވަހަށް އަދި ފަސޭހަކަމާއެކު ނިންމާލެވޭނެ ކަމަށެވެ. މި ޚިދުމަތް ހޯދުމަށް http://mtl.mtcc.mv ލިންކަށް ވަނުމަށްފަހު، ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ދިއުމުން ދަތުރު ބުކްކޮށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ވެބްސައިޓްގެ އިތުރުން، ފޯނުން ގުޅައިގެން ޓެކްސީ ބުކް ކުރަން ބޭނުންވާ ފަރާތްތަކަށް މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް މި ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މި ޓެކްސީ ލައިނަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ. މި ވެބްސައިޓް ތައާރަފުކުރުމާއެކު، ޓެކްސީގެ ޚިދުމަތް ހޯދުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450