Ads by Farudhun

ޚަބަރު

ދެވަނަ ބުރުގެ ވޯޓުލުން ނިމި ވޯޓު ފޮށިތައް ބަންދުކޮށްފި

ދެވަނަ ބުރުގެ ވޯޓުލުން ނިމި ވޯޓު ފޮށިތައް ބަންދުކޮށްފި

ދެވަނަ ބުރުގެ ވޯޓުލުން / ފޮޓޯ: އީސީ

farudhun logo

ފަރުދުން

18 އޭޕްރީލު 2026، 05:12

18 އޭޕްރީލު 2026، 05:12

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން ނިމި ހުރިހާ ވޯޓުފޮށިތަކެއް ބަންދުކޮށްފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ ހެނދުނު 08:00 އެވެ. އެ ވަގުތަށް ހުރިހާ ފޮށިތަކެއްގެ ވޯޓުލުން ނުފެށުނު ނަމަވެސް، ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައެއް ނުވެއެވެ.

މިއަދު 5 ދާއިރާއެއްގެ އިތުރު ބުރުގެ ވޯޓުލުން ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެތެރޭގައި ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުން ހިމެނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިތުރު ބުރު ބާއްވާފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

އިންތިޚާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، މާލޭގެ 3 ސަރަހައްދެއްގައި ވަނީ މީގެ ތެރެއިން 6 ވޯޓު ފޮށި ބަހައްޓާފައެވެ. މި ފޮށިތަކަށް ވޯޓުލުމަށް 6093 މީހަކު ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450