Ads by Farudhun

ޚަބަރު

ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްކަމަށް ބުނެ ކޮންގްރެސް ޕާޓީގެ އެސްޖީގެ މަޤާމުން މުއާޒް އިސްތިއުފާދީފި

ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްކަމަށް ބުނެ ކޮންގްރެސް ޕާޓީގެ އެސްޖީގެ މަޤާމުން މުއާޒް އިސްތިއުފާދީފި

ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުރި މުއާޒް ޙަލީމް---

farudhun logo

ފަރުދުން

18 އޭޕްރީލު 2026، 06:53

18 އޭޕްރީލު 2026، 06:53

ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްކަމަށް ބުނެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް އިސްތިއުފާދީފިއެވެ.

ކޮންގްރެސް ޕާޓީގެ އެސްޖީގެ މަޤާމުން އިސްތިއުފާ ދިންކަން މުއާޒް އިއުލާންކޮށްފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ހަލީމް ވިދާޅުވީ، މަޤާމުން އިސްތިއުފާދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްކަމަށެވެ.



އެގޮތުން އެސްޖީގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނަކަމަށާއި، އެފަދަ ފަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން މަޤާމުން އިސްތިއުފާ ދީފައިވާކަމަށް، މުއާޒް ވަނީ އެކްސްގައި ހާމަކޮށްފައެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގައި 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ތިބެއެވެ. 74،000 އަށްވުރެ ގިނަ މެންބަރުންނާއިއެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީވެސް ކޮންގްރެސް ޕާޓީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450