ޚަބަރު
އިންތިހާބުގެ ދެވަނަ ބުރުގެ ގިނަ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީއިން
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން---
ފަރުދުން
18 އޭޕްރީލު 2026، 07:50
18 އޭޕްރީލު 2026، 07:50
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އިން ކާމިޔާބުކޮށްފިއެވެ.
މި ބުރުގައި އަނެއް ދެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކާއި، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓެކެވެ.
މި ބުރުގައި ކޮންގްރެސް ޕާޓީއިން ކާމިޔާބުކުރީ ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެވެ.
އަދި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރި ކެނޑިޑޭޓު ހޮވުނުއިރު، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް ހޮވިފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓެވެ.
މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން %72 މީހުންވަނީ ވޯޓުލާފައެވެ. މިއީ އެހެން ބައި އިލެކްޝަންތަކާ އަޅާބަލާއިރު ތަރުހީބު ބޮޑު އިންސައްތައެއްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.