Ads by Farudhun

ޚަބަރު

މާލެސިޓީ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން މިހާ އަވަހަށް ހުތުރު މަންޒަރު ފެންނަން ފަށައިފި: ރައީސް

މާލެސިޓީ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން މިހާ އަވަހަށް ހުތުރު މަންޒަރު ފެންނަން ފަށައިފި: ރައީސް

ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޭޕްރީލު 2026، 02:02

19 އޭޕްރީލު 2026، 02:02

މާލެސިޓީ ކައުންެސިލަށް އިންތިޚާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން މިހާ އަވަހަށް ހުތުރު މަންޒަރު ފެންނަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި އއ. އުކުޅަސް، ތޮއްޑޫ، އަދި ރަސްދޫއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އއ. ރަސްދޫގައި އޮތް ޕީއެންސީގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކަށް އަންނަ ބޭފުޅުންގެ ފަރާތުން ރިވެތި އަޚްލާޤު ފެންނަން ރައްޔިތުން އެދޭނެ ކަމަަށެވެ. ނަމަވެސް ހިތާމައަކީ ބައެއް ބޭފުޅުންގެ ފަރާތުން އެކަން ފެންނަމުން ނުދިއުން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާލެސިޓީ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ފަރާތުން މިހާރު އެފަދަ ޢަމަލުތައް ފެންނަމުންދާ ކަންކަމެވެ.

އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ޤައުމު. ޤައުމު އިސްކުރުމުގެ މާނައަކީ މި ޤައުމު ވާރުތަކޮށްދޭން ޖެހޭނީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައިވާ ޤައުމެއްގެ ގޮތުގައިކަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން، އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފަރާތުން މިހާ އަވަހަށް ހަޑިހުތުރު ބަސްތައް ގޮވާ ހަމަޖެހުން ނަގާލާތަން ފެންނަން ފަށާފައިވާ ކަމަށާއި، ކޮންމެ ރެއަކު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގައި އެފަދަ ބޭފުޅުން ވަރަށް ބޭއަދަބީ އަދި ހުތުރު ބަސްތައް ބޭނުންކޮށް ވާހަކަ ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ މީހުންގެ ފަރާތުން އަޚްލާޤީ ރީތި ސިފައެއް ނުފެންނަތާނގައި، ދީނެއް މިއްލަތެއް އިސްކުރާ މަންޒަރު ވެސް ނުފެންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރައްޔިތުން އިންތިޚާބުކުރާ މަޤާމެއްގައި ހުންނަވާ ބޭފުޅަކު ޤާނޫނާއި ޚިލާފު ކަމެއް ކުރައްވައިގެން ނުވާނެ ކަމަށާއި، އަދި އަމުދުން ދީނާ ޚިލާފު ކަންކަމަށް ފުރުޞަތު ދީގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450