Ads by Farudhun

ޚަބަރު

ރާއްޖޭގައި އިންތިގާލީ ސަރުކާރެއް އެކުލަވާލަންޖެހޭ ހާލަތެއް އަދި ނެތް: ވަޒީރު ޝިޔާމް

ރާއްޖޭގައި އިންތިގާލީ ސަރުކާރެއް އެކުލަވާލަންޖެހޭ ހާލަތެއް އަދި ނެތް: ވަޒީރު ޝިޔާމް

ވަޒީރު ޝިޔާމް/ފޮޓޯ: ޕީއެންސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޭޕްރީލު 2026، 03:58

19 އޭޕްރީލު 2026، 03:58

ރާއްޖޭގައި އިންތިގާލީ ސަރުކާރެއް އެކުލަވާލަންޖެހޭ ހާލަތެއް އަދި ނެތްކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ނިމިދިޔަ އިންތިޚާބުގައި އއ. އުކުޅަސް، ތޮއްޑޫ، އަދި ރަސްދޫއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އއ. ރަސްދޫގައި އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޚާއްޞަ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ އެރަށަށް ކުރެވި ޒިޔާރަތުގެ ތެރެއިން 'އެމްއެމްޓީވީ' އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވަނީ މި ނިމިދިޔަ އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ އާ ގުޅުން ހުރި ވޯޓެއް ނޫންކަން ފާހަގަކުރައްވާފަ އެވެ. 

ސިޔާސީ މަންފާއެއް ހާސިލުކުރެވޭތޯ އެ ބަލަނީ. މިއީކީ އެފަދަ ހާލަތެއް އޮތް ކަމެއް ވެސް ނޫން. ސަރުކާރުން އެންމެ ގިނަ ގޮނޑިވެސް ކާމިޔާބުކުރީ. އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ މީގެ ކުރީގެ ސަރުކާރުތަކުން ނޫންތޯ. އެއީ ސަރުކާރެއް އޮވެ ސަރުކާރަކުން ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ ގޮނޑި ކަށަވަރުކުރީ މި ސަރުކާރުން. 

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރުވެސް ފެނިގެންދަނީ ޚިޔާލުފާޅުުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލައްވައިގެން ރައީސުލްޖުމްހޫރިއްޔާ ކުރިއަށްވަޑައިގަންނަވާ މަންޒަރު ކަމަށެވެ. 

އިދިކޮޅު އެމްޑީޕީން 12 ޑިމާންޑެއް ފުރިހަމަ ކުރުމަށް ސަރުކާރަށް ހުށަހަޅާފައިވާއިރު، ސަރުކާރު ވައްޓާލަން ގޮވާލައި އެމްޑީޕީން ދަނީ މާލޭގައި މުޒާހަރާތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450